ކޮމިޝަނުގެ މުވައްޒަފު އަސްމާ ހަސަން ވިމަން އިން މެނޭޖްމަންޓް އިން ދޭ “ގޯލްޑް އެވޯޑް-ލީޑާޝިޕް އިން ސޯޝަލް އިމްޕެކްޓް” ހޯދައިފި

November 30, 2024

ވިމަން އިން މެނޭޖްމަންޓްގެ ފަރާތުން ދޭ ޕްރޮފެޝެނަލް އެންޑް ކެރިއާ ވިމަން އެވޯޑް 2024 ގައި މި ކޮމިޝަނުގެ އެސިސްޓަންޓް ޑިރެކްޓަރު އެޑްމިން އެންޑް އެޗްއާރު އަސްމާ ހަސަން ވަނީ “ގޯލްޑް އެވޯޑް-ލީޑާޝިޕް އިން ސޯޝަލް އިމްޕެކްޓް” ކެޓަގަރީ އިން ހޯދައިފި އެވެ.

1992 އިން ފެށިގެން ދިވެހި ސަރުކާރުގައި ހިދުމަތުގައި އަސްމާ އަންނަނީ މަސައްކަތް ކުރަމުންނެވެ. ދަރުމައަށްޓަކައި ގިނަ ހަރަކާތްތަކުގައި އޭނާ ބައިވެރިވެ އެވެ.

މި ގޮތުން އަސްމާ އަކީ ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަދި އޭނާ އަކީ މޯލްޑިވްސް ގައިޑް އެންޑް ސްކައުޓް ފެލޯޝިޕްގެ ފައިނޭންސް ސެކްރެޓަރީ އެވެ.

މުޖުތަމައުގެ ލާބަ އަދި މަންފާއަށް އަސްމާ ކުރާ ގިނަ މަސައްކަތްތަކުގެ ތެރެއިން މިއީ ފާހަގަކޮށްލެވޭ ކަންކަމެވެ.

މި ކޮމިޝަނުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، އަސްމާ އޭނާގެ ވަޒީފާގެ ޒިންމާތައް ފުރިހަމަ އަދާކުރަމުން ހިލޭ ސާބަހަށް ކުރާ މި ފަދަ ހުރިހާ މަސައްކަތެއް އުފަލުން ބަލައިގަނެ، އެއީ ކޮމިޝަނަށް ލިބޭ ފަހުރެކެވެ.