August 31, 2025
ޝަކުވާ ނަންބަރު: CAC-01/2025
ޝަކުވާ ހުށަހެޅި ތާރީޙް: 22 އޭޕްރީލް 2025
ޙުލާސާ: މިއީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް “ހިލޭ ޓީވީ” ގެ ނަމުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންގެންދާކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާ ފޯމާއި ގުޅިގެން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް:
ޤާނޫނާއި ޤަވާއިދާ ޚިލާފަށް “ހިލޭ ޓީވީ” ގެ ނަމުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންގެންދާކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާ ފޯމާއި ގުޅިގެން 22 އޭޕްރީލް 2025 ގައި ބަލަންފެށި މި މައްސަލައިގައި ޤާނޫނީ ހަމަތަކުގެމަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ނަޒަރުކުރާއިރު،
މި މައްސަލައާއި ގުޅިގެން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް މަޢުލޫމާތު ހޯދުމަށް އެދި ކޮމިޝަންގެ ނަންބަރު 427-CPL/PRIV/2025/114 (17 ޖޫން 2025) ސިޓީ ފޮނުވާފައިވާކަމާއި،
ކޮމިޝަންގެ ނަންބަރު 427-CPL/PRIV/2025/114 (17 ޖޫން 2025) ސިޓީއާ ގުޅިގެން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން 09 ޖުލައި 2025 ގައި ފޮނުވި ނަންބަރު MDN/ADM/GOV/01825 ސިޓީއިން ކޮމިޝަނަށް ފޯރުކޮށްދިން މަޢުލޫމާތުގައި، ” ޝަކުވާ ރައްދުވާފަރާތާއި ގުޅޭނެ ނަންބަރާއި އަދި ޝަކުވާ ރައްދުވާފަރާތުގެ ޓެލެގްރާމް ލިންކެއް ފޮނުވާފައިވާކަމާއި”،
ޝަކުވާ ހުށަހެޅި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދިން މަޢުލޫމާތުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް “ހިލޭ ޓީވީ” ގެ ނަމުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންގެންދާކަން ސާބިތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ހިލޭ ޓީވީގެ ނަމުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ކަނޑައެޅެން ނެތްކަމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
___________________________________________________
13 އޮގަސްޓް 2025