July 15, 2025
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް އަދި ކޮމިޝަނަރ އާމިނަތު ނުޒުހާ ޗައިނާއަށް ވަޑައިގެންފިއެވެ.
މިއީ ޝަންގހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ މެންބަރު ޤައުމުތަކުގެ 2 ވަނަ ޓެލެވިޜަން ފެސްޓިވަލް 2025 ގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި އިވެންޓުގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި މިމަހުގެ 15 އިން 17 އަށް ކުރިއަށް ގެންދާ މި ޓެލެވިޜަން ފެސްޓިވަލަކީ ބްރޯޑްކާސްޓިންގ، ޓެލެވިޜަން އަދި އޮންލައިން އޯޑިއޯވިޜުއަލް ދާއިރާތަކުގައި ސިޔާސަތުތައް ވިލަރެސްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، އަދި ސިނާޢީ-ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުމާއި، އެސްސީއޯގެ ކުރިމަގު ޙިއްޞާކުރާ ގާތް މުޖުތަމަޢެއް އުފެއްދުމަށްޓަކައި ކުރިއަށް ގެންދާ އިވެންޓެކެވެ.
2025ވަނަ އަހަރަކީ އެސްސީއޯގެ ދެމެހެއްޓެނިވި ތަރައްޤީގެ އަހަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.