July 22, 2025
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤާއި ކޮމިޝަނަރ އަލްއުސްތާޛާ އައިމިނަތު ސަރާހަތު ޢިއްޒަތު ކެމްބޯޑިއާއަށް ވަޑައިގެންފިއެވެ. މިއީ ކެމްބޯޑިއާގައި މިމަހުގެ 21 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ 20 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ދުނިޔޭގެ ކަންކޮޅުތަކުން މީޑިއާގެ ދާއިރާގެ އިސްވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މީޑިއާގެ ދައުރާއި،ކާރިސާތަކުގެ ވަގުތުގައި އަމަލުކުރާނެގޮތްތަކަށް އަހުލުވެރި ވާނެގޮތްތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. ެަެއަދި މިކަމާ […]
July 15, 2025
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤެވެ. ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން މިނިސްޓަރ ސާއޯ ޝޫމިން އެވެ. މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުން، […]
July 15, 2025
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް އަދި ކޮމިޝަނަރ އާމިނަތު ނުޒުހާ ޗައިނާއަށް ވަޑައިގެންފިއެވެ. މިއީ ޝަންގހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ މެންބަރު ޤައުމުތަކުގެ 2 ވަނަ ޓެލެވިޜަން ފެސްޓިވަލް 2025 ގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި އިވެންޓުގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. […]
May 19, 2025
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.
May 12, 2025
ޤާނޫނު ނަމްބަރު 1/2013 ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ ބާބު, މީޑިއާ ގައި ބްރޯޑްކާސްޓްކުރުމުގައި ލާޒިމް ކުރާ ކަންކަން ތަންފީޒުކުރުމުގައި ބްރޯޑްކާސްޓިންގ އުސޫލް ތަކާއި އެކު އަމަލު ކުރުމުގައި ދިމާވާ ދަތިތަކާއި ގުޅިގެން ޗެނަލް ތޭރަ އާ ބައްދަލުކޮށް، އެފަރާތުގެ ކަންބޮޑުވުން ތަކާއި ކޮމިޝަނުން މަޝްވަރާކޮށްފި އެވެ.