June 8, 2021
ކޮވިޑް 19ގެ ޙާލަތާގުޅިގެން، ބްރޯޑްކާސްޓިންގ ދާއިރާއަށް ތަފާތު މާލީގޮންޖެހުންތަކާ ކުރިމަތިވެ، މި ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ހީވެފައިވާތީ، މި ފަރާތްތަކުން ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދިވަޑައިގެންފިއެވެ.
May 5, 2021
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.
March 7, 2021
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ބ. ތުޅާދޫ، ހޭޒުލީން، މުޙައްމަދު ފަޒީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.
February 2, 2021
ދިވެހިރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށުމާ ގުޅޭ މަޢުލޫމާތު ބްރޯޑްކާސްޓްކުރުމުގައި ޒިންމާދާރުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
January 25, 2021
ދައުލަތާއި ސަރުކާރުގެ އިދާރާތަކުގެ އެކިއެކި ހަރަކާތްތައް ބްރޯޑްކާސްޓަރުން ކަވަރުކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.