September 1, 2020
މިއަހަރަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިފައިވާ ބަޖެޓުން ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި އަދި ކޮމިޝަން އިދާރީ ގޮތުން ހިންގުމަށް ދަތިކަން ހުރުމާ އެކު، އެކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.
July 15, 2020
ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ބޭނުންވާ މުހިންމު ކުރު މުއްދަތުގެ މީޑިއާ ޓްރެއިނިންގ ޕްރޮގްރާމްތަކެއް ރާވައި، ހިންގުމާ ގުޅޭގޮތުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫ.އެމް)އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.
June 29, 2020
ޖިންސީ ގޯނާގެ ހާދިސާތައް ރިޕޯޓްކުރުމުގައި ބްރޯޑްކާސްޓަރުން ސަމާލުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
June 14, 2020
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ހައްދުންމަތީ ކުނަހަންދޫ ހަނދުވަރީގެ، އާމިނަތު އަމީނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.
June 9, 2020
ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ބްރޯޑްކާސްޓް ސްޓޭޝަންތައް ހިންގުމަށާއި މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކިބައިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދެފިއެވެ.