February 12, 2020
ރާއްޖޭގެ މީޑިއާ މެދުވެރިކޮށް، އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި، ކުރިއެރުވުމަށް މަސައްކަތްކުރުމާމެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) މަޝްވަރާކޮށްފިއެވެ.
February 11, 2020
ރާއްޖޭގެ މީޑިއާގެ ތަރައްޤީއަށާއި ކުރިއެރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި އެއްބާރުލުން ދެވިދާނެ ދާއިރާތައް ދެނެގަތުމުގެ ގޮތުން މަޝްވަރާކޮށްފިއެވެ.
February 6, 2020
ބްރޯޑްކާސްޓް ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމުގެ މަޤްޞަދުގައި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދިރްއާ އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުން މިއަދު މަޝްވަރާކުރައްވައިފިއެވެ.
February 5, 2020
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލާފައިވާ ބައެއް މައްސަލަތަކާއި އަދި ބަލަމުންދާ ބައެއް މައްސަލަތަކާމެދު މަޝްވަރާކޮށް ލަފާހޯދުމުގެ ގޮތުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙުމަދު ޒާހިރާ އެކު ކޮމިޝަނުން މަޝަވަރާކޮށްފިއެވެ.
February 5, 2020
“އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުޞޫލު”ގެޒެޓްކުރުމަށްފަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.