ޚަބަރު


އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުމަށް އިލްތިމާސްކޮށްފި

April 4, 2019

އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފިއެވެ.

ކޮމަންވެލްތް އިލެކްޝަން އޮބްޒާރވް ޓީމުން ކޮމިޝަނާ ބައްދަލުކޮށްފި

April 2, 2019

މި އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާރވް ކުރެއްވުމަށް ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ ޓީމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ބައްދަލުކޮށްފިއެވެ.

ރާއްޖެ ޓީވީއިން ކޮމިޝަނާ ދެކޮޅަށް ދަޢުވާކުރި ދެ މަސައްލައެއްގައި، ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުކޮށްދެވެން ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

March 31, 2019

ރާއްޖެ ޓީވީން 26 އޮކްޓޯބަރ 2016 ވަނަ ދުވަހު ގެނެސްދީފައިވާ ކޮންޓެންޓަކާ ގުޅިގެން ކޮމިޝަނުން ނިންމާފައިވާ ނިންމުމާއި، 8 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރެއިން ފެށިގެން، ރާއްޖޭގެ ޓީވީގެ ޢާއްމު ކޮންޓެންޓް މެދުކަނޑާލުމާ ގުޅިގެން، ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލްކޮށްދިނުމަށް އެދި، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލައިގައި، އެ ނިންމުންތައް ބާޠިލުކޮށްދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އީ.ޔޫ.ގެ އިލެކްޝަން އެކްސްޕާޓް މިޝަނުން ކޮމިޝަނާ ބައްދަލުކޮށްފި

March 27, 2019

މި އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާރވް ކުރެއްވުމަށް ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން ގެ އިލެކްޝަން އެކްސްޕާރޓް މިޝަނުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ބައްދަލުކޮށްފިއެވެ.

މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކުރުމަށް ކޮމިޝަނުން ނިންމައިފި

March 25, 2019

ސަރުކާރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް ދެއްވުމަށާއި ފިރިހެން މުވައްޒަފުގެ އަނބިމީހާ ވިހާ ދުވަހުން ފެށިގެން ފިރިހެން މުވައްޒަފަށް 1 މަސްދުވަހުގެ ޗުއްޓީއެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، މި ޗުއްޓީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ އުސޫލުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުންނަށް ވެސް މިއަދުން ފެށިގެން ދިނުމަށް ކޮމިޝަނުން ނިންމައިފިއެވެ.