ޚަބަރު


ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާއި އެއްގޮތަށް އަހަރީ ރިޕޯޓް ހުށަނާޅާ ދެ ބްރޯޑްކާސްޓަރަކާ މެދު ފިޔަވަޅުއެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވައިފި

December 1, 2013

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާއްމު ޝަރުތެއްކަމުގައިވާ ހިނގައިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށެނޭޅުމުގެ ސަބަބުން އެޓޯލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޓީވީ 5 ޕްރައިވެޓް ލިމިޓެޑާއި މެދު ފިޔަވަޅުއެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް މިއަދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވައިފިއެވެ.

ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ހުރިހާ އުމުރުފުރައަކަށްވެސް އެކަށީގެންވާ ކޮންޓެންޓްކަމުގައި ހެދުމަށް ހަނދާންކޮށްދީ

December 1, 2013

ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގައި ވާގޮތުގެ މަތިން ހުރިހާ އުމުރުފުރައަކަށްވެސް އެކަށީގެންވާ ކޮންޓެންޓްކަމުގައި ހެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

އަހަރީ ރިޕޯޓް މިހާތަނަށް ހުށަނާޅާ ދެ ބްރޯޑްކާސްޓަރުންނަށް ރިޕޯޓް ހުށަހެޅުމަށް އެންމެ ފަހުގެ ތާރީޚް ދީފި

November 18, 2013

ތިރީގައި މިވަނީ މި ކަމާއި ގުޅޭގޮތުން އެޓޯލް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަދި ޓީވީ 5 ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން 07 ނޮވެމްބަރ 2013 ވަނަ ދުވަހު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ.

މައްސަލަ ބަލާތީ، ނޮވެމްބަރ 17ގެ ހެނދުނު 06:00 ގެ ކުރިން “އަންދަލުސް” ދަރުސް ބްރޯޑްކާސްޓް ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގައިފި

November 16, 2013

“އަންދަލުސް” ދަރުސް އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓަށާއި އެ ޕާޓީގެ މެނިފެސްޓޯއާ ގުޅުވައި ހަޤީޤަތާ ޚިލާފް ވާހަކަތަކެއް ހިމެނޭ ގޮތުން ފާޑު ކިޔާފައިވާ ދަރުސެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގެވުމާ ގުޅިގެން، އެ މައްސަލަ ބަލައި ނިމެންދެން، ނޮވެމްބަރ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ގެ ކުރިން “އަންދަލުސް” ދަރުސް ބްރޯޑްކާސްޓް ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އަށްފަހު ވެސް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ މިންގަނޑުތަކަށް ސަމާލުވުމަށް އެންމަހައި ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި

November 14, 2013

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ނަތީޖާ އަށްފަހު ވެސް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ މިންގަނޑުތަކަށް ސަމާލުވުމަށް އެންމަހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.