July 29, 2013
ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ 9 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފާއިތުވި އަހަރުގެ ސްޓޭޝަން ހިންގި ގޮތުގެ އަހަރީ ރިޕޯޓް ހުށަނާޅާ ބްރޯޑްކާސްޓަރަރުންނަށް ރިޕޯޓް ހުށެހެޅުމަށް އެންމެ ފަހު ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދީފިއެވެ.
July 28, 2013
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައި.ސީ.އާރ.ސީ) އިން އިންތިޒާމްކޮށްގެން އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ ސީނިއަރ އެޑިޓަރސް ކޮންފަރެންސްގައި ބައިވެރިވުމުގު ފުރުސަތު ދިވެހިރާއްޖޭގެ އެޑިޓަރުން/ ސީނިއަރ ޖާރނަލިސްޓުންނަށް ހުޅުވާލައިފިއެވެ.
July 25, 2013
އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވައިލައި، އެ ގައިޑްލައިނަށް ބްރޯޑްކާސްޓަރުންގެ ޚިޔާލު ހޯދުމަށް ފޮނުވައިފިއެވެ.
July 23, 2013
ދިއެފްއެމް ޕްލަސްގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.
July 23, 2013
ތައިލޭންޑްގެ ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރ (ތައި.ޕީ.ބީ.އެސް) ގެ އެޓޭޗްމަންޓް ޕްރޮގްރާމުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުން ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.