ޚަބަރު


ބްރޯޑްކާސްޓް އޯޑިއަންސް ސަރވޭ ފަށައިފި

September 2, 2024

ބްރޯޑްކާސްޓް އޯޑިއަންސް ސާރވޭގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނާއި، ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް ފޯ ރިސާރޗް އެންޑް އިނޮވޭޝަން ގުޅިގެން ފަށައިފިއެވެ.

އޭޝިއާ މީޑިއާ ސަމިޓް 2024 ގައި ކޮމިޝަންގެ ނައިބު ރައީސް އާއި ކޮމިޝަން މެމްބަރު ބައިވެރިވެވަޑައިގެންފި.

September 1, 2024

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓް ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން އިންތިޒާމްކޮށްގެން ބާއްވާ 19 ވަނަ “އޭޝިއާ މީޑިއާ ސަމިޓް 2024” ގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން އާއި ކޮމިޝަނަރު ސަފާ ޝަފީޤް ބައިވެރިވެވަޑައިގެންފި އެވެ.

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” ބާއްވާ ތާރީޚް ފަސްކުރެވިފައިވާތީ

July 18, 2024

އިޢުލާން   ނަންބަރު: (IUL) 427-OPR/1/2024/26   “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” ބާއްވާ ތާރީޚް ފަސްކުރެވިފައިވާތީ   މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމްބަރު: IUL)427-OPR/1/2024/18) ހ9 ޖޫން 2024 ގެ އިޢުލާނާއި ޙަވާލަދީ ދަންނަވަމެވެ. “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” އަށް އެންޓްރީ ހުށަހެޅުމުގެ ތާރީޚް، 8 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ފަސްކުރެވިފައިވާތީ، އެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.     17 ޖުލައި 2024 11 މުޙައްރަމް 1446

ކޮމިޝަންގެ މެމްބަރުކަމަށް އައިމިނަތު ނުޒުހާ ޢައްޔަނުކުރައްވައިފި

March 19, 2024

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ހއ. ހޯރަފުށި، ރިވޯޑް އައިމިނަތު ނުޒުހާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޢައްޔަން ކުރައްވައިފިއެވެ.

ސަމަރުބުލޫ އިބްރާހިމް މަނިކުގެ ތައުބީނުގެ ޖަލްސާ ބާއްވައިފި

October 24, 2023

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވެވި ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ރޭ  އިސްލާމީ މަރުކަޒުގައި ތަޢުބީނުގެ ޖަލްސާއެއް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން އިންތިޒާމްކޮށްފިއެވެ.