February 20, 2018
މިއީ، އާ އަހަރު ފާހަގަކުރުމުގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އައި.ޓީ.ޑީ.ސީ އިން އިންތިޒާމުކޮށްގެން ބޭއްވި އާ އަހަރު ފާހަގަ ކުރުމުގެ ހަފްލާ ފަބްލިކް ސަރވިސް މިޑިއާގެ ޓީ.ވީ.އެމް ޗެނަލްއިން ލައިވްކުރެވިފައި ވާކަމާއި، މި ޕްރޮގްރާމް ލައިވް ކުރަމުން ދިޔައިރު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (16/2010) އަދި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-11) އާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ދީނީ ގޮތުންނާއި އިޖްތިމާއީ މިންގަޑާއި ޚިލާފަށް ކޮންޓެންޓް ފޮނުވާފައިވާ ކަމަށްބުނެ މިކަން ތަޙުޤީޤުކޮށްދެއްވާ އެ ސްޓޭޝަނާއި މެދު ފިޔަވަޅު އަޅުއްވައިދެއްވުން އެދި މި ކޮމިޝަނަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.
January 31, 2018
މިއީ، ޅ. އޮޅުވެލިފުށީގައި ޖޭ.ޓެކް ޕްރައިވެޓް ލިމިޓެޑުން ރައިޓްސް ނެތް ޗެނަލް ބޭނުންކޮށްގެން ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.
January 31, 2018
މިއީ، ބ. ހިތާދޫ އައިލެންޑް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުން ދާ 30 (ތިރީސް) ޗެނަލް އަކީ އެއްވެސް ޗެނަލް ރައިޓްސް އެއް ނެތި ދޫކުރާ ޗެނަލްތަކެއް ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.
January 21, 2018
މިއީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ޗެނަލްގެ ވެރިފަރާތުގެ ހުއްދަނެތި ޗެނަލް ދައްކާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލަ
December 26, 2017
މިއީ، ހދ. ނޮޅިވަރަންފަރުގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ދެއްވާ ކޭބަލް ޓީވީގެ ޚިދުމަތުގައި ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.