October 8, 2017
މިއީ، 28 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ވަގުތުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު މުސްތަފާ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް ކަން ފާހަގަކޮށް، މައްސަލަ ބަލައިދެއްވުން އެދި މި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
September 28, 2017
މިއީ، އިޖަފް ޕްރައިވެޓް ލިމިޓެޑުން ވ. ފެލިދޫގައި ހުއްދަ ނެތި ބޭރުގެ ޗެނަލްތައް ރީބްރޯޑްކާސްޓްކުރާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.
September 13, 2017
މިއީ، 4 އެޕްރީލް 2017ގައި ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖްލިސް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅު ޤާނޫނު ނަންބަރު 2016/15ގެ 36ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް މެދުކަޑާނުލާ އެ އިވެންޓް ޗެނަލް13 އިން ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
August 23, 2017
މިއީ، ހއ.ކެލާގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
August 20, 2017
ޝަކުވާ ނަމްބަރު: CAC-09/2017 ޝަކުވާ ހުށެހެޅި ތާރީޙް: 24 މޭ 2017 ހުލާސާ: މިއީ، މީޑިއާނެޓާއި ހާލި އިންވެސްޓްމަންޓާއި ގުޅިގެން ލ. ގަމުގައި ކޭބަލްޓީވީގެ ޚިދުމަތް ދެމުންދާއިރު، ޕިކްސަލް ވިޝަން އިން މީޑިއާނެޓުގެ އެކްސްކްލޫސިވް ރައިޓްސް ނަގާފައިވާ ޗެނަލްތަކާއި އަދި އެނޫން ޗެނަލްތައް ރީބްރޯޑްކާސްޓްކޮށް ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޚިދުމަތް ދެމުން ގެންދާ މައްސަލަ ހުއްޓުވައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ. ނިންމި ގޮތް: މައްސަލައިގެ ތަހުޤީޤަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިއާޔަތްކުރައިރު، ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާގެ […]