August 20, 2017
ޝަކުވާ ނަމްބަރު: CAC-10/2017 ޝަކުވާ ހުށެހެޅި ތާރީޙް: 30 މޭ 2017 ހުލާސާ: މިއީ، ޕިކްސަލް ވިޝަން އިން ލ. ގަމުގައި ރައިޓްސް ނެތް ޗެނަލްތައް ފޯރުކޮށްދެމުން ދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. ނިންމި ގޮތް: ލ.ގަމުގައި ޕިކްސަލް ވިޝަންގެ ފަރާތުން ދޭ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރައިޓްސް ނެތް ޗެނަލްތަކެއް ހިމަނާފައިވާކަން ކޮމިޝަނުން ކުރި ތަޙުޤީޤަށް ސާބިތުވެ، ޕިކްސަލް ވިޝަން ޕްރައިވެޓް ލިމިޓެޑުން ރިބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ރީބްރޯޑްކާސްޓް ކޮށްފައިވާ 148 (އެއް ސަތޭކަ ސާޅީސް އަށެއް) […]
July 25, 2017
ޝަކުވާ ނަމްބަރު: CAC-03/2017 ޝަކުވާ ހުށެހެޅި ތާރީޙް: 05 އެޕްރީލް 2017 ހުލާސާ: މިއީ، 4 އެޕްރީލް 2017ގައި ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖްލިސް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅު ޤާނޫނު ނަންބަރު 2016/15ގެ 36ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް މެދުކަޑާނުލާ އެ އިވެންޓް ޓީ.ވީ.އެމް އިން ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ރިޔާއަތްކުރާއިރު، ވަކިފަރާތަކަށް ބުރަނުވެ […]
July 25, 2017
މިއީ، ހދ. މަކުނުދޫގައި އެޗް.ޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑުން ދެއްވާ ކޭބަލް ޓީވީގެ ޚިދުމަތުގައި ޕޭ ޗެނަލްތައް ދައްކަމުން ގެންދަނީ ޑައިލޮގް، އެއަރޓެލް އަދި ޑިޝް ޓީވީ މެދުވެރިކޮށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
June 14, 2017
މިއީ، CAC-96/2016 މައްސަލަ ރައްދުވާ ބްރޯޑްކާސްޓަރު ކޮމިޝަނާއި ހިއްސާކޮށްފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، މައްސަލާގައި ހިމޭނޭ ކޮންޓެންޓް ތައްޔާރުކުރި ރިޕޯޓަރު އާލާ އިބްރާހީމް ރަޝީދު، 50،000ރ. އިން ޖޫރިމަނާކޮށްފައިވާ ނިންމުން އަލުން ބަލައި މުރާޖަޢާކުރުމަށް ކޮމިޝަނުގެ ހިންގާ ގަވާޢިދުގެ 16ވަނަ މާއްދާއިން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރަށް ރިޢާޔަތްކޮށް، 16 އޭޕްރީލް 2017 ގައި އެނިންމުން މުރާޖަޢާކުރުމަށް ކޮމިޝަނުގެ އަޣްލަބިއްޔަތުން ކަނޑައެޅުމާއި ގުޅިގެން، އެމައްސަލަ މުރާޖަޢާކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
June 13, 2017
މިއީ، ހއ. ހޯރަފުށީގައި ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ދެމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތުގައި ޗެނަލް ވެރިފަރާތުގެ ހުއްދަ ނެތް ޗެނަލްތަކެއް ދައްކަމުން ދާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.