“ނޭޝަނަލް ކޮންސަލްޓޭޝަން އޮން ކޮމިއުނިޓީ މީޑިއާ އިން މޯލްޑިވްސް” ބާއްވައިފި

February 9, 2015

ކޮމަންވެލްތް އެޑިޔުކޭޝަނަލް މީޑިއާ ސެންޓަރ ފޮރ އޭޝިއާ އާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ގުޅިގެން އިންތިޒާމުކުރި “ނޭޝަނަލް ކޮންސަލްޓޭޝަން އޮން ކޮމިއުނިޓީ މީޑިއާ އިން މޯލްޑިވްސް” ބާއްވައިފިއެވެ.

ސޯލްޓް ކެފޭ އެންޑް ރެސްޓޯރަންޓްގައި އެއްދުވަހުގެ ނިޔަލަށް ބޭއްވި މި ހަރަކާތުގައި، ރާއްޖޭގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ އަދި ސަރަޙައްދީ ގޮތުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޙާލަތު ވަޒަންކޮށް، ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖޭގައި މިކަން ތަޢާރަފްކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާމެދު ވަނީ މަޝްވަރާކޮށްފައެވެ.

ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށާ އަދި ބްރޯޑްކާސްޓް ދާއިރާގެ ބޭފުޅުންނަށް ދަޢުވަތު ދީގެން ބޭއްވި މި ހަރަކާތުގައި ކޮމަންވެލްތް އެޑިޔުކޭޝަނަލް މީޑިއާ ސެންޓަރ ފޮރ އޭޝިއާ (ސެމްކާ)ގެ ފަރާތުން ޕްރޮގްރާމް އޮފިސަރ ޑރ އަންކުރަން ޑައްޓާ ބައިވެރިވެވަޑައިގެން، ސެޝަންތަކެއް ވެސް ވަނީ ނަންގަވާދެއްވާފައެވެ.