މާލެ އަދި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފި

July 10, 2014

މާލެ އަދި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ޢާންމުކޮށް ހުޅުވާލައިފިއެވެ.

މިގޮތަށް ހުޅުވާލީ މި ސިނާޢަތް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމާއެކު ވާދަވެރި މާޙައުލެއްގެ ތެރެއިން ހެޔޮ އަގުގައި ރަނގަޅު ފެންވަރުގެ ޚިދުމަތެއް ޢާންމު ރައްޔިތުންނަށް ލިބިދިނުމުގެ މަގު ފަހިކޮށްދިނުމަށެވެ.

މާލެ އަދި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 09 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 އެވެ.

ލައިސަންސަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު ކޮމިޝަނުގެ ރިސެޕްޝަނުން ވެސް ލިބެން ހުންނާނެއެވެ.