މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރކަމަށް އީމާން އަންވަރު ހަމަޖައްސަވައިފި

July 15, 2014

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނު  2014/1 ގެ 36 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރކަމަށް، ކޮމިޝަންގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އީމާން އަންވަރު ހަމަޖައްސަވައިފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް މައުލޫމާތު ހޯދަން ހުށަހަޅާ ހުށަހެޅުންތަކާއި ބެހޭގޮތުން ފޯރުކޮށްދޭންޖެހޭ އެންމެހައި މަޢުލޫމާތު ފޯރުކޮށްދެމުން ގެންދަވާނީ ކޮމިޝަންގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އީމާން އަންވަރު އެވެ.