ޓެލެވިޜަން މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބާތުގައި ކޮމިޝަނުން ތަހުނިޔާ ދަންނަވައިފި

March 29, 2015

ޓެލެވިޜަން މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ދަންނަވައިފިއެވެ.

ތިރީގައި މިވަނީ ކޮމިޝަނުން ޓެލެވިޜަން މޯލްޑިވްސް އަށް ފޮނުވި ސިޓީގެ މުޙިއްމު ބައިތަކެވެ.

” ޓެލެވިޜަން މޯލްޑިވްސްގެ އުފާވެރި އަހަރީ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުރިހާ ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި ޓެލެވިޜަން މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ނުހަނު އިޚުލާސްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ.

” މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޓެލެވިޜަން މޯލްޑިވްސް އިން ރައްޖޭގެ ރައްޔިތުން ހޭލުންތެރިކުރުމަށާއި، މަޢުލޫމާތާއި ޚަބަރު ފެތުރުމުގައި ތިޔަ ފަރާތުންކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތުގެ އަގުވަޒަން ކުރާކަމުގައި މި ފުރުސަތުގައި ދަންނަވަމެވެ.”