ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-28/2021)

January 25, 2023

ޝަކުވާ ނަމްބަރު: IMCAC-28/2021

ޝަކުވާ ހުށަހެޅި ތާރީޙް: 23 ޖޫން 2021

ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ގަވާއިދާ ޚިލާފަށް  ލައިސަންސް ނެތި  އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ޅ.ކުރެންދޫގައި ދޭކަމަށް ބެލެވޭތީ ބަލަމުންދާ މައްސަލަ.

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ގަވާއިދާ ޚިލާފަށް  ލައިސަންސްނެތި  އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ރ. ފައިނުގައި ދޭކަމަށް ބެލެވޭތީ ބަލަމުންދާ ކޮމިޝަންގެ ނަންބަރު IMCAC-28/2021 މައްސަލައިގައި،

ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީގެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީގު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ދިން ފުރުޞަތުގައި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑް އިން މުއްދަތުގައި މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި،

ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަކީ “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް” ކޮމިޝަނުން މިހާތަނަށް ދޫކޮށްފައިވާ ފަރާތެއްނޫންކަމާއި،

ކޮމިޝަނުގެ ނަންބަރު IMCAC-28/2021 މައްސަލައާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ކުރެވުނު މަސައްކަތުން ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި މައްސަލަ ރައްދުވާ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ފައިނުގައި އިންޓަރނެޓް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރާކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ، މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

25 ޖަނަވަރީ 2023