އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) ގެ 13 ވަނަ ޢާއްމު ޖަލްސާގައި ކޮމިޝަނުން ބައިވެރިވެއްޖެ

August 17, 2014

އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) ގެ 13 ވަނަ ޢާއްމު ޖަލްސާގައި ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

ކެމްބޯޑިއާގައި މި މަހުގެ 13-15 އޮތް މި ޖަލްސާގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނަރ މަރިޔަމް ޝައުގީ އާއި މުއުމިނާ އާދަމްއެވެ. މިއީ އޭ.އައި.ބީ.ޑީގެ ހުރިހާ މެންބަރުންނަށާއި އެފިލިއޭޓް މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ އާޢްމު ޖަލްސާއެކެވެ.  އޭޝިއާ އަދި ޕެސިފިކް ސަރަހައްދު ޤައުމުތަކުގެބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުންނާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށާއި ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއާ ގުޅޭ މަޝްވަރާތަށް ކުރުމަށް ލިބިގެންދިޔަ ފުރުސަތެކެވެ.