ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ އިފްތިތާޙީ ބައްދަލުވުން 3 އޮކްޓޯބަރު ގައި ބޭއްވުމަށް ހަމަޖައްސައިފި

September 29, 2015

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ އިފްތިތާހީ ބައްދަލުވުން 3 އޮކްޓޯބަރު 2013 ގައި ބޭއްވުމަށް ކޮމިޝަނުން ހަމަޖައްސާ ކޮމިޓީގެ މެންބަރުންނަށް ދަޢުވަތު ފޮނުވައިފިއެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ” އަކީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުތަކާއި، ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައި ބްރޯޑްކާސްޓަރުންނާއި ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުންއިތުރުކުރުމަށްޓަކައި އެ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަށް، ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ.

މި ކޮމިޓީގައި ހިމެނެނީ ކޮމާޝަލް ޓީވީ ތަމްސީލުކުރާ ފަރާތްތަކާއި ކޮމާޝަލް ރޭޑިއޯ ތަމްސީލުކުރާ ފަރާތްތަކާ، ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރ، މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އަތޮޅުތެރެއަށް ރީބްރޯޑްކާސްޓް ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި  މި ދާއިރާގެ ސްޓޭކްކހޯލްޑަރުންނެވެ.

މި ފަރާތްތަކުގެ އިތުރު ތަފްސީލް އަންނަނިވި ލިންކްގައިވާނެއެވެ.

http://www.broadcom.org.mv/dh/f/page.php?id=522&menu=2