ވަޒީފާގެ ފުރުޞަތު – ބިއުރޯ އޮފިސަރ

April 30, 2023

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)427-OPR/1/2023/5

މަޤާމު: ބިއުރޯ އޮފިސަރ

ޢަދަދު: 1

މަސައްކަތްކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ

ކްލެސިފިކޭޝަން: ބިއުރޯ އޮފިސަރ، ގްރޭޑް 1

ސެކްޝަން: ކޮމިޝަނަރސް ބިއުރޯ

އަސާސީ މުސާރަ: 7000 ރުފިޔާ

އެލަވަންސް:

  • ނޮންޕްރެކްޓިސް އެލަވަންސް: -/3000 ރުފިޔާ
  • ލިވިންގ އެލަވަންސް:  -/2500 ރުފިޔާ
  • ފޯން އެލަވަންސް -/250  ރުފިޔާ
  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތީ އިތުރުގަޑި ދެވޭނެއެވެ. މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

އަސާސީ ޝަރުޠު: 

1.      އެޑްމިނިސްޓްރޭޓިވް ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއި މި ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

2.      ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން،

3.      ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން،

4.      ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން،

5.      މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ ފަރާތަކަށްވުން،

6.      މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުޠު: 

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކު ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް: 

  1. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ކޮމިޝަނަރޒް ބިއުރޯގެ އެންމެހާ ކަންކަން ބެލެހެއްޓުން،
  2. ކޮމިޝަނަރޒް ބައްދަލުވުން ތަކުގެ އެޖެންޑާ ހެދުމާއި ޔައުމިއްޔާ ނެގުމާއި ޔައުމިއްޔާ އަދާ ހަމަކޮށް ލިޔެ ބެލެހެއްޓުން،
  3. ކޮމިޝަނަރުން ބައިވެރިވާ އެންމެހައި ރަސްމީ މަސައްކަތްތަކުގައި އެހީތެރިވެދިނުން،
  4. ކޮމިޝަނަރުންގެ ބައްދަލުވުންތަކުން ނިންމާ ނިންމުންތައް އަންގަންވާ ފަރާތްތަކަށް އެންގުން އަދި އެކި ފަރާތްތަކަށް ފޮނުވަންޖެހޭ މެސެޖްތައް ވަގުތު އޮވެ އެފަރާތްތަކަށް ފޮނުވުން،
  5. ކޮމިޝަނަރުންގެ އެޕޮއިންޓްމެންޓްތައް ތަރުތީބުކޮށް ބެލެހެއްޓުން،
  6. ކޮމިޝަނަރުން ބައިވެރިވާ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ ނެގުމާއި ރިޕޯޓް ތައްޔާރުކުރަން ޖެހިއްޖެ ހާލަތެއްގައި ރިޕޯޓް ތައްޔާރުކުރުން،
  7. ބިއުރޯގެ ލިޔެކިއުންތައް ފަހަށް ރައްކާކުރެވޭނެހެން ތަރުތީބުކޮށް ބެލެހެއްޓުން،
  8. ކޮމިޝަނާރޒް ބައްދަލުވުންތަކުގެ ނިންމުންތައް އަދާހަމަކޮށް ބެލެހެއްޓުން،
  9. އިދާރީ ގޮތުން ބިއުރޯ ހިންގުމަށް ބޭނުންވާނެ ތަކެއްޗާއި ކޮމިޝަނަރުން ބޭނުންވާނެ ތަކެތި ދެނެގަނެ އެޑްމިން މެދުވެރިކޮށް އެތަކެތި ހަމަކުރުން،
  10. ރަސްމީ އަދި ނުރަސްމީގަޑީގައި ކޮމިޝަނަރުންގެ ރަސްމީ ކަންކަމުގައި އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުން
  11. ކޮމިޝަންގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން.

ތަޢުލީމީ ރޮނގު: އިދާރީ (އެޑްމިނިސްޓްރޭޓިވް) 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް broadcom.org.mv އިން ލިބެން ހުންނާނެއެވެ. )
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު.)
  3. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް ފަރާތެއްނަމަ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެފަރާތެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅޭފަރާތެއްނަމަ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާ އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ރެފަރީސް)

ސުންގަޑި: 11 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު: 

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓް broadcom.org.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334317/3334333
  • އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ، މަޖީދީ މަގު.
  • އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: info@broadcom.org.mv
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޒިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ލިޔުމުގެ ޓެސްޓެއް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް: 

ކޮންޕިޓަންސީ ދާއިރާ މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
ތަޢުލީމާއި ތަމްރީން 35%
މަސައްކަތުގެ ތަޖްރިބާ 15%
އިންޓަވިއު 35%
ޕްރެކްޓިކަލް ޓެސްޓް 15%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: 

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން،
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން،
  • އިނގިރޭސި ބަހާއި ދިވެހިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން،
  • ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން،
  • މަސައްކަތްތައް ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން،
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން،
  • ވަޒީފާއާއިބެހޭ ޤާނޫނާއި، މިނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން،
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެ،
  • ގުޅުންހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި، ލިބިފައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.

ވަޒީފާގެ ފުރުޞަތު – ބިއުރޯ އޮފިސަރ

ވަޒީފާއަށް އެދޭ ފޯމް

 

30 އެޕްރީލް 2023