ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ހުރިހާ އުމުރުފުރައަކަށްވެސް އެކަށީގެންވާ ކޮންޓެންޓްކަމުގައި ހެދުމަށް ހަނދާންކޮށްދީ

December 1, 2013

ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގައި ވާގޮތުގެ މަތިން ހުރިހާ އުމުރުފުރައަކަށްވެސް އެކަށީގެންވާ ކޮންޓެންޓްކަމުގައި ހެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

ތިރީގައި މި ވަނީ މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ސަރކިއުލާ އެވެ.

“ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 31ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ގެނެސްދޭން ވާނީ ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓެވެ. ވީމާ މި ވަގުތުތަކުގައި ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގަވައިދާ ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަމަލުކުރަންވީ ގައިޑްލައިނާ އެއްގޮތަށް، ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ކޮންޓެންޓް ކަމުގައި ހެދުމަށް ސަމާލުވުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދެމެވެ.”