މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފި

July 20, 2015

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 24ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ޢާންމުކޮށް ހުޅުވާލައިފިއެވެ.

މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 18 އޯގަސްޓް 2015 ވާ އަންގާރަ ދުވަހުގެ 14:30 އެވެ.

މި މުއްދަތުގެ ތެރޭގައި ލައިސަންސްއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެގަވައިދާ އެއްގޮތަށް ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް ލައިސަންސް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ލައިސަންސަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު ކޮމިޝަނުގެ ރިސެޕްޝަނުން ވެސް ލިބެން ހުންނާނެއެވެ.