ކޮމަންވެލްތްގެ އޮބްޒާވަރުންގެ ޓީމު ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެވަނަ ފަހަރަށް ބައްދަލުކޮށްފި

September 30, 2013

ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތް އޮބްޒާވަރުންގެ ވަފުދުގެ ދައުވަތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދެވަނަ ފަހަރަށް އެ ވަފުދާ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްފިއެވެ.

މިއަދު އޮތް ބައްދަލުވުމުގައި އިންތިޚާބުގެ ދުވަސްވަރު ކޮމިޝަނުން ކުރިއަށްގެންދާ މޮނިޓަރިންގގެ މަސައްކަތްތަކާއި ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އަންގާފައިވާ އެންގުންތަކާއި އަދި އިންތިޚާބީ ދުވަސްވަރު ކޮމިޝަނުން ބަލައި ނިންމާފައިވާ މައްސަލަތަކުގެ މަޢުލޫމާތު ކޮމަންވެލްތުގެ ޓީމާ ވަނީ ހިއްސާކޮށްފައެވެ.

ޓްރޭޑާރސް ހޮޓެލްގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު، ނައިބު ރައީސް އަބްދުﷲ ސުޖާޢު، ކޮމިޝަނަރ އައިޝަތު ހަނާ، ސެކްރެޓަރީ ޖެނެރަލް ނޫރާ ޢަލީ، ޑައިރެކްޓަރ އައިޝަތު ޝާހީން އަދި އިންޓަރނެޝަނަލް ރިލޭޝަންސް އޮފިސަރ އަހްމަދު އަރުޝަދު ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހ ކޮމަންވެލްތް އޮބްޒާވަރުން ނެރުއްވި ބަޔާނުގައި ކޮމިޝަންގެ މަސައްކަތްތައް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

http://thecommonwealth.org/sites/default/files/news-items/documents/130909%20Maldives%20COG%20Interim%20Statement.pdf