އަބުރު ރައްކާތެރިކޮށްދިނުމާއިޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމާ ބެހޭ

December 6, 2016

އިޢުލާން

ނަންބަރު (IUL)427-LCM/427/2016/3

އަބުރު ރައްކާތެރިކޮށްދިނުމާއިޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމާ ބެހޭ

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާނަމަ، ކޮމިޝަނުން އެކުލަވާލާ އަދި މިހާރު ވެސް އަމަލުރަމުން ދާ ” ޝަކުވާ ހުށަހެޅުމާ ޝަކުވާ ބަލައިގަތުމުގެ ނިޒާމް”ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތީން ޝަކުވާހުށަހެޅުމަށާއި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާނަމަ، ކޮމިޝަނުން އެކުލަވާލާ މުރާޖައާކޮށްފައިވާ “ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމް” މެދުވެރިކޮށް އެފަދަ ޝަކުވާތައް ހުށަހެޅުމަށް ދަންނަވަމެވެ. ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމް ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

07 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016