ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-05/2019)

December 5, 2022

ޝަކުވާ ނަމްބަރު: CAC-05/2019

ޝަކުވާ ހުށަހެޅި ތާރީޙް: 09 ޖޫން 2019

ހުލާސާ: މިއީ، ފިލިތެޔޮ އައިލެންޑް ރިސޯޓްގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތުން ޚިދުމަތްދެނީ ލައިސަންސް ނެތި އަދި ޗެނަލް ރައިޓްސް ނެތި ކަމަށާއި ރިސޯޓުގެ އާންމު ތަންތަނުގައާއި ސްޓަރފް ސަރަހައްދުގައި އެއަރޓެލް ޑިޝްޓީވީ ދޫކުރަމުންދާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ފިލިތެޔޮ އައިލެންޑް ރިސޯޓްގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތުން ޚިދުމަތްދެނީ ލައިސަންސް ނެތި އަދި ޗެނަލް ރައިޓްސް ނެތި ކަމަށާއި ރިސޯޓުގެ އާންމު ތަންތަނުގައާއި ސްޓަރފް ސަރަހައްދުގައި އެއަރޓެލް ޑިޝްޓީވީ ދޫކުރަމުންދާކަމަށް ބުނެ، ހުށަހަޅައިފައިވާ CAC-05/2019 މައްސަލައިގައި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް ފިލިތެޔޮ އައިލަންޑް ރިސޯޓްގައި ދޭކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

05 ޑިސެންބަރު 2022