ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2014)

May 25, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2014)

ޝަކުވާ ނަމްބަރު: CAC-6/2014

 

ޝަކުވާ ހުށެހެޅި ތާރީޙް: 11 މާރިޗް 2014

ހުލާސާ: މިއީ، ޗެނަލް 13 އިން ބޭއްވި އޭދަފުށި ދާއިރާގެ މަޖިލިސް ބަހުސްގައި ބައިވެރިވުމަށް އަލްއުސްތާޛާ ޙިސާން ޙުސައިންއަށް ދަޢުވަތު ނުދީ، އެ ޕްރޮގްރާމްގެ ޕްރެޒެންޓަރ އަލްއުސްތާޛާ ޙިސާން ޙުސައިން ފިނޑިކަމުން ރައްޔިތުންނާ މިނިވަން ބަހުސްގައި ބައިވެރިވުމަށް ނުކެރި ތަނާޒުލްވީކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރައި އަބުރަށް ހުތުރުވާގޮތަށް މަޢުލޫމާތު ފަތުރައި ސިޔާސީގޮތުން ވަކި ފަރާތަކަށް ފައިދާވާގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޗެނަލް 13އިން 11 މާރިޗް 2014ވަނަ ދުވަހުގެ 21:16 ން 22:20 އަށް ގެނެސްދިން “ވޭކްއަޕް އެންޑޯސްޑް” ޕްރޮގްރާމް އަށް އަލްޢުސްތާޛާ ޙިސާން ޙުސައިންއަށް ޗެނެލް 13 ގެ ފަރާތުން ދައުވަތު ދީފައިވާކަމަށް ބެލެވުނުކަމުގައި ވިއަސް، އެ ޕްރޮގްރާމްގައި ޙިސާން ހުސައިންއާ ނިސްބަތްކޮށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓްގެ ސަބަބުން އެ ފަރާތުގެ އަބުރާއި އިއްޒަތަށް އުނިކަމެއް އަންނާނޭ ކަމަށް ފެނުނު ހިނދު، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން، މި ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މީޑިއާރިންގ ޕްރައިވެޓް ލިމިޓެޑަށް އަންގައި ނަސޭހަތްތެރިވުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.

25 މޭ 2014