ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2015)

April 7, 2015

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2015)

ޝަކުވާ ނަމްބަރު: CAC-06/2015

ޝަކުވާ ހުށެހެޅި ތާރީޙް: 02 މާރިޗު 2015

ހުލާސާ:  28 ފެބުރުވަރީ 2015 ގެ ރޭގަނޑު 22:15 ގެ ލައިވް ޕްރޮގްރާމްގައި ރާއްޖެ ޓީވީ އިން ރައީސް ޔާމިންގެ އަބުރު ހުތުރުވާގޮތަށް ވާހަކަ ދައްކައި، ޑުރެކިއުލާ ސިފަ ވާގޮތަށް ފޮޓޯ ގެނެސްދީ، ވަކި ފަރާތަކަށް ބުރަވާގޮތަށް ހަބަރު ގެނެސްދީ، ހަޑި ހުތުރު މަންޒަރު ގެނެސްދީފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 28 ފެބުރުވަރީ 2015 ގެ ރޭގަނޑު 22:15 ގެ ރާއްޖެ ޓީވީގެ ލައިވް ޕްރޮގްރާމްގައި ފޮނުވި ކޮންޓެންޓް ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

 

07 އެޕްރީލް 2015