ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-09/2020)

March 11, 2020

ޝަކުވާ ނަމްބަރު: CAC-09/2020

ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020

ހުލާސާ: މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް އިން ހއ. ވަށަފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް އިން ހއ. ވަށަފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި،

ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ ހަވަނަ މާއްދާގެ ދަށުން ލިބިދޭ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ފުރުސަތު މި މައްސަލައިގައި ޝާމިލުވާ ދެފަރާތަށް ދިނުމުގެ ގޮތުން 02 މާރިޗް 2020 ގައި ކޮމިޝަންގައި ބައްދަލުވުމެއް ބާއްވާ މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަޝްވަރާގެ މަތިން މައްސަލަ ހައްލުކުރުމަށް ދެވުނު ފުރުސަތުގައި، މައްސަލަ ރައްދުވާ ފަރާތުން ހއ. ވަށަފަރުގައި  ރައިޓްސް ނެތް ޗެނަލްތައް ދޭކަމަށް ވާނަމަ ހުއްދަ ނެތް ޗެނަލްތައް މިއަދުން ފެށިގެން ހުއްޓާލަން ބޭނުން ވާކަމާއި ޕައިރަސީ ކޮންޓެންޓް ދިނުމަކީ ބޭނުން ގޮތް ނޫންކަމަށާ އަދި ހުއްޓާލާ ކަމުގެ ލިޔުން ޝަކުވާ ހުށަހެޅިފަރާތަށާއި ކޮމިޝަނަށް 2 ދުވަސް ތެރޭ ހުށަހަޅަން އެއްބަސްވެފައިވާތީއާ، ރައިޓްސް ނެތް ޗެނަލްތައް ޝަކުވާ ރައްދުވާ ފަރާތުން ހުއްޓާލާނެކަމަށް ބުނެފައިވާތީ، މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ވިދާޅުވެފައިވާތީ، މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލުވެފައިވާކަމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޕެނަލުން ނިންމާފައިވާ ނިންމުމާއެއްގޮތަށް މި މައްސަލަ ނިންމި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

10 މާރިޗް 2020