ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2014)

May 22, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2014)

ޝަކުވާ ނަމްބަރު: CAC-10/2014

ޝަކުވާ ހުށެހެޅި ތާރީޙް: 04 މޭ 2014

ހުލާސާ: މިއީ، 03/05/2014 ވަނަ ދުވަހުގެ ރޭ 20:00 ގެ ޚަބަރު ގައި ރާއްޖެ ޓީވީން ފޮނުވި ޚަބަރުގައި ރާއްޖޭގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ތަކުން ދެކޮޅު ހަދާކަމަށްބުނެ ގެނެސްދީފައިވާ ޚަބަރުގެ ސަބަބުން ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ދެކޮޅު ހަދާ ބަޔަކަށް ހިތްވަރު ލިބޭގޮތަށް ޚަބަރު ފޮނުވާފައިވާކަމަށާ އަދި އިސްލާމްދީނުގައި ވަކިކަމެއް ކުރުމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގައި އޭގެ އިނދިކޮޅު ހަދާކަން ދޭހަވާ ގޮތަށް ޚާއްސަކޮށް އިސްލާމި އުސޫލުތަކާ ޚިލާފަށް ޚަބަރު ގެނެސްދީފައިވާކަމާއި ދީނީ ޢިލްމުވެރިއެއްގެ ބަސް ހިމަނާފައިނުވާކަމާއި، ރާއްޖެ ޓީވީގެ ޚަބަރުތަކާއި ޕްރޮގްރާމްތައް ފޮނުވުމުގައި ވަކި ފަރާތަކަށް ބުރަވެފައިވުމާއި، ސަރުކާރާއި ރައްޔިތުން ޖެހޭގޮތަށް އިސްލާމީ އުސޫލުތަކާ ޚިލާފަށް ޚަބަރުތަކާއި ޕްރޮގްރާމްތައް ގެނެސްދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޝަކުވާ ފޯމުގެ މައްސަލައިގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ގޮތަށް ޚަބަރު ގެނެސްދީފައި ނުވާތީ، މި މައްސަލައަކީ އަސްލެއް ނެތް މައްސަލައެއްކަމަށް މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާގުން ނިންމެވި.

22 މޭ 2014