ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-129/2013)

November 13, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-129/2013)

ޝަކުވާ ނަމްބަރު: CAC-129/2013

ޝަކުވާ ހުށެހެޅި ތާރީޚް:  2ސެޕްޓެމްބަރ 2013

މައްސަލައިގެ ޚުލާސާ: ރާއްޖެޓީވީއިން 1 ސެޕްޓެމްބަރ 2013ވަނަ ދުވަހުގެރޭ 9:35 ގައި ގެނެސްދީން ކޮންޓެންޓްގައި ވެރިކަން ބަދަލުވިގޮތާބެހޭ ގޮތުން ވަކި ގޮތަކަށް ނިންމާފައި ވަނިކޮށް ރާއްޖެޓީވީއިން ވެރިކަން ބަދަލުވިގޮތާބެހޭ ގޮތުން ކަމުގެ ހަޤީޤަތާ ޚިލާފުވާހަކަ ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:  މަތީގައިވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، 1 ސެޕްޓެމްބަރ 2013 ދުވަހުގެ ރޭ 9:30 އިން ފެށިގެން ރާއްޖެޓީވީ އިން ގެނެސްދިން ކޮންޓެންޓްގައި، ރާއްޖޭގެ ވެރިކަން ބަދަލުވީގޮތާ ބެހޭގޮތުން ވާހަކަ ދައްކާފައިވީ ނަމަވެސް، އެ ކޮންޓެންޓްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ ކަމެއް ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

          13 ނޮވެމްބަރ 2013