ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-13/2020)

November 5, 2020

ޝަކުވާ ނަމްބަރު: CAC-13/2020

ޝަކުވާ ހުށަހެޅި ތާރީޙް: 25 ފެބްރުވަރީ 2020

ހުލާސާ: މިއީ، ށ. މަރޮށީގައި ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ ނާދީ ކޭބަލް ނެޓްގެ ފަރާތުން އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބުނެ ހުށަހަޅައިފައިވާ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ކޮމިޝަންގެ ނަންބަރު CAC-13/2020 މައްސަލައަކީ، ށ. މަރޮށީގައި ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ ނާދީ ކޭބަލް ނެޓްގެ ފަރާތުން އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައިގައި،  ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ދިން ފުރުސަތުގައި؛

މައްސަލައަށް ޖަވާބުދާރީވެ ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައި، އެ ކުންފުނީގެ ނާދީ ކޭބަލް ނެޓްގެ ފަރާތުން
ށ. މަރޮށީގައި ރީބްރޯޑްކާސްޓް ކުރުން (ކޭބަލްޓީވީގެ) ގެ ޚިދުމަތް ދެމުން ނުގެންދާކަމަށް ބަޔާންކޮށްފައިވާކަމާއި؛

ށ. މަރޮށީގައި ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ ނާދީކޭބަލް ނެޓްގެ ފަރާތުން މިހާރު ޓީވީގެ ޚިދުމަތް ދެމުންނުގެންދާކަމަށް މިލަދުންމަޑުލުއުތުރުބުރީ މަރޮށީ ކައުންސިލް އިދާރާއިން މަޢުލޫމާތުދީފައިވާތީ؛

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙުޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ ނާދީކޭބަލް ނެޓްއަކީ ށ. މަރޮށީގައި ކޭބަލްޓީވީގެ ޚިދުމަތް ދެމުންދާ ފަރާތެއް ނޫންކަން އެފަރާތުން ކޮމިޝަނަށް ޖަވާބުދާރީވެ ފޮނުވި މައުލޫމާތުން އަދި މިލަދުންމަޑުލުއުތުރުބުރީ މަރޮށީ ކައުންސިލް އިދާރާއިން ފޯރުކޮށްދީފައިވާ މައުލޫމާތުން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ ނާދީކޭބަލް ނެޓުން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ

އިއްތިފާޤުން މައްސަލަ ނިންމީއެވެ.

05 ނޮވެންބަރު 2020