ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-13/2015)

May 21, 2015

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-13/2015)

ޝަކުވާ ނަމްބަރު: CAC-13/2015

ޝަކުވާ ހުށެހެޅި ތާރީޙް: 03 މޭ 2015

ހުލާސާ: މިއީ، މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ޙާޟިރުކުރެވުނު މީހުންގެ ތެރެއިން ސ. ހިތަދޫ ލިއޯން އަނީލް މުފީދުގެ ބަންދަށް 15 ދުވަސް ކޯޓުންޖަހައި ދިނުމުން އޭނާ ޤާޟީއަށް މުޙާތަބުކޮށް “ޝުކުރިއްޔާ” މިގޮތަށް ދެންނެވުމުން އެއީ ކޯޓުގެ ޙުރުމަތް ކެނޑީކަމަށް ބަލައި ހަމަ ވަގުތުން ޤާޟީ ވަނީ އަނީލް މުފީދު 6 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފަކަމަށް ވީޓީވީ އިން ވަނީ 2 މޭ 2015 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 08:00ގެ ޚަބަރުގައި ގެނެސްދީފައިކަމަށާއި، ވީޓީވީ އިން ގެނެސްދިން މި ޚަބަރަކީ ކަނޑައެޅިގެން ޝަރުޢީ ކޯޓުތަކާއި ފަޑިޔާރުންނަށް އާންމު މީހުންގެ ނަފްރަތު ނުވަތަ ރުޅިވެރިކަން އިތުރުކުރުމަށް ފަތުރާފައިވާ ޚަބަރެއްކަމަށާއި، ސަބަބަކީ ކްރިމިނަލް ކޯޓުން ކުރެވިފައިވާ ޙުކުމާއި ރާއްޖޭގެ އޮންލައިން މީޑިއާތަކާއި ޓީވީ ރޭޑިއޯތަކުން މި ޚަބަރު ގެނެސްދީފައިވާގޮތާއި ވީޓީވީ އާއި ވީއެފެއެމް އިން ގެނެސްދީފައިވާ ގޮތާއި ތަފާތުތަކެއް ހުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، ވީޓީވީގެ 2 މޭ 2015 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 08:00ގެ ޚަބަރުގައި ގެނެސްދިން މި މައްސަލައާ ގުޅުންހުރި ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވާކަމަށް ބެލޭނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

21 މޭ 2015