ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-151/2013)

October 28, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-151/2013)

ޝަކުވާ ނަމްބަރު: CAC-151/2013

ޝަކުވާ ހުށެހެޅި ތާރީޙް:15 ސެޕްޓެމްބަރ 2013

ހުލާސާ:  2013 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ ރޭ 11:15 ގައި ރާއްޖެ ޓީވީން ފޮނުވި ޕްރޮގްރާމްގައި އަލްހާނު ފަހުމީ ރާއްޖޭގައި ތިއްބެވި ޢިލްމު ވެރިންނަކީ ބަޣާވާތް ކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމަށް ޢިލްމުވެރިންގެ އަގު ވެއްޓޭގޮތަށް ޙަޤީޤަތާ ޚިލާފް ވާހަކަ ދައްކާ، ރާއްޖެ ޓީވީގެ ޚަބަރުތައް ފޮނުވުމުގައި ވަކިފަރާތަކަށްޖެހި ޙަޤީޤަތާ ޚިލާފް ވާހަކަ ދައްކަމުންގެންދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މައްސަލައާ ގުޅުންހުރި ކޮންޓެންޓް ގެނެސްދީފައިވަނީ  ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން މައްސަލަ ނިންމީއެވެ.

28 އޮކްޓޯބަރ 2013