ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-155/2013)

December 4, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-155/2013)

ޝަކުވާ ނަމްބަރު: CAC-155/2013

ޝަކުވާ ހުށެހެޅި ތާރީޙް: 03 އޮކްޓޯބަރ 2013

ހުލާސާ:  މިއީ، ޓިވީއެމް އިން 17 ސެޕްޓެމްބަރ 2013ގައި ލައިވްކުރި ” އަންދަލުސް” ގެ ދަރުސްގައި ދީނީ އިލްމުވެރިން ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ދެއްކެވި ވާހަކަފުޅުތައް ގެނެސްދިން އިރު ސާފުކޮށް އަޑު ނީވުމާއި، އާދަޔާ ޚިލާފަށް އަދި މިއިން ދުވަހަކުވެސް ޓީވީއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި އަޑަށް ދިމާވެފައިވާކަން އެނގިފައިނުވާ މިންވަރަށް އަޑު ކަނޑަކަނޑައިގެން ގޮސްފައިވާތީ މިކަމަކީ ތެދު މައުލޫމާތު ހާމަކުރުމާ އިންސާވެރިވުމުގެ އުސޫލާ ޚިލާފުވުމުގެ އަމަލެއް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:  އެމް.ބީ.ސީ އިން ޖަވާބުދާރީވެ ފޮނުވި ސިޓީގައި މިކަން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބަޔާންކޮށްފައިވާތީ، މައްސަލަ ހުށަހެޅިފަރާތަށް ކަންހިނގި ގޮތް އަންގައި މައްސަލަ ނިންމައި ސިޓީ ފޮނުވުމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

04 ޑިސެމްބަރ 2013