ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-160/2013)

December 17, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-160/2013)

ޝަކުވާ ނަމްބަރު: CAC-160/2013

ޝަކުވާ ހުށެހެޅި ތާރީޙް: 20  އޮކްޓޫބަރ 2013

ހުލާސާ:  މިއީ، ރާއްޖެ ޓީވީން 19 އޮކްޓޯބަރ 2013ވަނަ ދުވަހުގެރޭ ފޮނުވި “މަގޭ ރިޕޯޓް” ގައި ރާއްޖޭގެ ފަނޑިޔާރުންގެ އަގު ވެއްޓޭގޮތަށް އަދި ފަނޑިއާރުންނާ މުހާތަބު ކުރަން ނުވާގޮތަށް ހަގީގަތާ ޚިލާފް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޙަވާލާދީފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ (2)، ތިންވަނަ ހަމައިގެ (1) އަދި ހަތަރުވަނަ ހަމައިގެ (5) އާ ތަކުރާރުކޮށް ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ (3)ގެ ދަށުން މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި މި ބަޔާން 25 ޑިސެމްބަރ 2013ވާ ބުދަ ދުވަހުގެ ކުރިން އެއް ރޭ 08:00 އާއި 10:00އާ ދެމެދު ރާއްޖެ ޓީވީއިން ޢާންމުކުރުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް ކަނޑައަޅައި، މި ކޮންޓެންޓްގެ ރިޕީޓް ބްރޯޑްކާސްޓްކުރާ ނަމަ ރިޕޯޓު އިސްލާޙުކުރުމަށްފަހު މެނުވީ ބްރޯޑްކާސްޓް ނުކުރުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ(ގެ 1ގެ ދަށުން ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑްއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

17 ޑިސެމްބަރ 2013