ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-20/2013)

September 10, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-20/2013)

ޝަކުވާ ނަމްބަރު: CAC-20/2013

ޝަކުވާ ހުށެހެޅި ތާރީޙް: 25 ޖޫން 2013

ހުލާސާ:  މިނިވަން ރޭޑިއޯއިން 25 ޖޫން 2013ވަނަ ދުވަހުގެ ހެދުނު 8:45 އިން ފެށިގެން ގެނެސްދިން ކޮންޓެންޓްގައި ރާއްޖޭގެ އިލްމުވެރިއެއްގެ ޤަދަރު ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާކަމާއި ޤައުމުގެ ޢިލްމުވެރީންނާއި ބެހޭ ގޮތުން ހަޤީޤަތާ ޚިލާފު ވާހަކަ ދައްކާފައި ހުރިކަމަށް ބުނެ ހުށަހެޅުން.

ނިންމި ގޮތް:  މިނިވަން ރޭޑިއޯއިން 25 ޖޫން 2013ވަނަ ދުވަހުގެ ހެދުނު 8:45 އިން ފެށިގެން ގެނެސްދިން ކޮންޓެންޓްގައި، ރާއްޖޭގެ ޢިލްމުވެރީންނާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތައް ދައްކާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

 

10 ސެޕްޓެމްބަރ 2013