ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-20/2014)

August 12, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-20/2014)

ޝަކުވާ ނަމްބަރު: CAC-20/2014

ޝަކުވާ ހުށެހެޅި ތާރީޙް: 19 ޖޫން 2014

ހުލާސާ: މިއީ، ޗެނަލް 13 އިން، 14 ޖޫން 2014 ވަނަ ދުވަހުގެ ރޭ ފޮނުވި ޚަބަރެއްގައި، އިޙްސާން އަހްމަދު ނަސީރުގެ އަބުރު ގެއްލުވާލުމުގެ މަގުސަދުގައި، އެ ފަރާތުން ވައްކަންކޮށްފައިވާ ކަމަށް ބުނެ ޚަބަރު ފަތުރާ އެ ފަރާތް ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ތަކުރާރުކޮށް ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 14 ޖޫން 2014ގައި ޗެނަލް 13އިން ބްރޯޑްކާސްޓްކުރި ޝަކުވާގައި ބުނެފައިވާ ކޮންޓެންޓް ބެލިބެލުމުން، އެއީ ބްރޯސްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާ ކޮންޓެންޓެއް ކަމަށް ކަނޑައެޅެން ނެތްކަމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޣުން ނިންމީއެވެ.

12 އޮގަސްޓް 2014