ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-21/2014)

August 26, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-21/2014)

ޝަކުވާ ނަމްބަރު: CAC-21/2014

ޝަކުވާ ހުށެހެޅި ތާރީޙް: 02 ޖުލައި 2014

ހުލާސާ: މިއީ، ރާއްޖެ ޓީވީގެ 20 ޖޫން 2014ވަނަ ދުވަހުގެ ހަވީރު 4ގެ ޚަބަރާއި 8 ގެ ޚަބަރު އަދި 21 ވަނަ ދުވަހުގެ ރޭގެ 8ގެ ޚަބަރުގައި ދީނީ އިލްމުވެރިންނާއި ކުރީގެ ވެރިންނާ ބެހޭގޮތުން ހަޤީގަތް އޮޅޭގޮތަށް ފިތުނަ އުފެދޭގޮތަށް ޙަބަރު ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައި ވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، ރާއްޖެ ޓީވީގެ 20 ޖޫން 2014ވަނަ ދުވަހުގެ ހަވީރު 4ގެ ޚަބަރާއި ރޭގަނޑު 8 ގެ ޚަބަރު އަދި 21 ވަނަ ދުވަހުގެ ރޭގެ 8ގެ ޚަބަރުގައި ގެނެސްދިން ދެ ރިޕޯޓްގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓް ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން މައްސަލަ ނިންމީއެވެ.

26 އޮގަސްޓް 2014