ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-24/2017)

February 22, 2018

ޝަކުވާ ނަމްބަރު: CAC-24/2017

ޝަކުވާ ހުށަހެޅި ތާރީޙް: 15 ނޮވެންބަރު 2017

ހުލާސާ: މިއީ، ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގައި، މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ރައިޓްސް ނެތް ޗެނަލް ރީބްރޯޑްކާސްޓްކުރަމުންދާކަމާއި، ރައިޓްސް ނެތް ޗެނަލް ފޯރުކޮށްދެމުންދާކަމުގެ ހެކި ފޯމާއެކު ހިމަނާފައިވާނެ ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ‘ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް’ ގައި، މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ރައިޓްސް ނެތް ޗެނަލް ރީބްރޯޑްކާސްޓްކުރަމުންދާކަމާއި ރައިޓްސް ނެތް ޗެނަލް ފޯރުކޮށްދެމުންދާކަމުގެ ހެކި ފޯމާއެކު ހިމަނާފައިވާނެ ކަމަށް ބުނެ 15 ނޮވެންބަރު 2017 ގައި ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން؛

މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް ކޮމިޝަނުން ދޫކޮށްފައިވާ ނަންބަރު 427-LCM/(RB)/2016/06 (20 ޖަނަވަރީ 2016) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ‘ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް’ ގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމެނުމަށް ފާސްކޮށްފައިވަނީ 4 (ހަތަރެއް) ޗެނަލް (ޓީވީ.އެމް، ރާއްޖެ ޓީވީ، ވީ.ޓީ.ވީ އަދި ޗެނަލް 13) ހިމެނޭގޮތަށް “ބޭސިކް ޕެކޭޖް” ކަން ފާހަގަކޮށް، ހުށަހަޅައިފައިވާ ޝަކުވާއާ ގުޅިގެން ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/404 (21 ނޮވެންބަރު 2017) ސިޓީން މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވާކަމާއި، މިގޮތުން؛

ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/404 (21 ނޮވެންބަރު 2017) ސިޓީއަށް ޖަވާބުދާރީވެ މޯލްޑިވްސް މީޑިއާ އެންޓަރޓެންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން 5 ޑިސެންބަރު 2017 ގައި ފޮނުވި ސިޓީގައި، ‘ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް ރިސޯޓް’ އަށް ޚިދުމަތް ދީފައިވާނީ ހަމަ އެކަނި “ބޭސިކް ޕެކޭޖް” ގައި ހިމެނޭ ޗެނަލްތައް ކަމަށާއި، މި ޕެކޭޖްގައި ހިމެނޭ ޗެނަލް ތަކަކީ ޓީ.ވީ.އެމް، ރާއްޖެ ޓީވީ، ވީޓީވީ އަދި ޗެނަލް 13 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް؛

‘ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް’ އިން 28 ޖަނަވަރީ 2018 ގައި ފޮނުވި ސިޓީގައި، އެ ރިސޯޓްގައި މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ 44 (ސާޅީސް ހަތަރެއް) ޗެނަލްގެ ލިސްޓެއް ފޮނުވާފައިވާކަމާއި؛

ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް 40 (ސާޅީސް( ޗެނަލެއް، މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ‘ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް’ ގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާކަން، ‘ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް’ އިން 28 ޖަނަވަރީ 2018 ގައި ފޮނުވި ސިޓީން ކަށަވަރުކޮށްދީފައިވާތީ؛

މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18 ވަނަ މާއްދާއާ ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 40 (ސާޅީސް) ޗެނަލަށް، ޖުމުލަ 80,000ރ (އައްޑިހަ ހާސް ރުފިޔާ) އިން މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ތިރީގައިވާ ލިސްޓްގައިވާ ގޮތަށް، ޖޫރިމަނާ ފައިސާއަށްވާ އެކުޖުމުލަ 80,000ރ (އައްޑިހަ ހާސް ރުފިޔާ)، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ ޗެނަލްތައް ދެއްކުން ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

 

# ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން މާއްދާ ޖޫރިމަނާގެ ޢަދަދު
1 ސީ.އެން.އެން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
2 ޔޫރޯ ނިއުސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
3 އަލްޖަޒީރާ އިންގްލިސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
4 ސިނެމެކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
5 ހިޓްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
6 އެފް.އެމް.އެން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
7 ޑީވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
8 ސޮނީ ޗެނަލް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
9 އޮސްޓްރޭލިއާ ޕްލަސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
10 އޭ.އެކްސް.އެން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
11 ފެޝަން ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
12 ޗެނަލް ވީ އޭޝިޔާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
13 ޕޯގޯ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
14 ލައިފްޓައިމް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
15 ޑިސްކަވަރީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
16 ޓެން ސްޕޯޓްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
17 ސެޓަންޓާ ސްޕޯޓްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
18 ޔޫރޯ ސްޕޯޓްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
19 ސެޓްމެކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
20 ސޮނީ އެންޓަރޓެއިންމަންޓް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
21 ޒީ ސިނަމާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
22 ޑީ.ޑަބްލިޔު ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
23 ރާއީ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
24 ޓީވީ 5 އޭޝިޔާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
25 ޓީ.ވީ.އީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
26 އާރް.ޓީ.ޕީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
27 ވަން ރަޝިޔާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
28 އެން.އެޗް.ކޭ ވޯލްޑް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
29 އަރިރަންގ ކޮރިއާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
30 ޓީ.ޖީ.އެން ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
31 އަލް އަރަބިއްޔާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
32 ސައުދީ 1 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
33 ދުބާއީ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
34 ސި.ސީ.ޓީވީ 13 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
35 ޗައިނީސް އެންޓަރޓެއިންމަންޓް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
36 ޗެނަލް ވީ ޗައިނާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
37 ޖިއަންސޫ އިންޓަރނޭޝަނަލް – ޗައިނީސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
38 ލޮޓަސްމަކާއޯ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
39 ސްވަރުނާމާ ސްރީލަންކާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
40 އާރް ޓީވީ ބަންގްލާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
ޖުމްލަ   80,000ރ (އައްޑިހަ ހާސް ރުފިޔާ)

 

20 ފެބުރުވަރީ 2018