ޝަަކުވާ ނިންމި ގޮތުގެ ބަޔާން (CAC-50/2016)

November 22, 2016

ޝަކުވާ ނަމްބަރު: CAC-50/2016

ޝަކުވާ ހުށެހެޅި ތާރީޙް: 08 ޖޫން 2016

ހުލާސާ:  މިއީ، 17 އޭޕްރީލް 2016ގެ 12:00 ން 2:00އަށް ހުއްދަ ނެތި ހިންދީ ފިލްމު (ފޭން) ދިއެކްސްޓްރާއިން ދެއްކިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ 4 ޖުލައި 2016 ސިޓީގައި، މައްސަލައާ ގުޅުންހުރި ކޮންޓެންޓް އާކައިވް ކޮށްފައިވާ ހާޑް ޑިސްކްގެ ބައެއް ކޮރަޕްޓްވެ ހަލާކުވެފައިވާތީ، 17 އޭޕްރީލް 2016ގެ އާކައިވް މެޓީރިއަލް ރިކަވަރ ކުރެވިފައި ނުވާތީ ކޮމިޝަނުން ހޯދުމަށް އެދިފައިވާ ތާރީޚްގެ ކޮންޓެންޓް ނެތްކަމަށް ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާތީ އާއި މައްސަލައާ ގުޅޭ ކޮންޓެންޓް މިހާރު ލިބެން ނެތުމުން، ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް މައްސަލަ ހުށަހެޅި ފަރާތަށް އެންގުމަށާއި، އަދި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ މަޤްސަދު ހާސިލުވާގޮތަށް ދިއެކްސްޓްރާ އިން ކޮންޓެންޓް އަދި އޮންއެއަރ ލޮގް ރައްކާކޮށްފައިނުވާ ކަމަށް އަމިއްލަ އިއުތިރާފުން ތަޙްޤީޤަށް ސާބިތުވެފައިވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޚިލާފުވުން ކަމަށް ކަނޑައަޅައި، އަދި މިއީ ލައިސަންސް ދިނުމުގެ އާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ދި އެކްސްޓްރާއިން ޚިލާފްވި ފުރަތަމަ ފަހަރު ކަމަށްވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 4ގެ ދަށުން، އެކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ބ)ގައި ބުނާ ފަދައިން ބްރޯޑްކާސްޓް ކުރާ ޕްރޮގްރާމްތަކާއި އިޝްތިހަރުތަކުގެ މާސްޓަރ ރެކޯޑިންގއާއި އޮންއެއަރ ލޮގް، އެ އެއްޗެއް ބްރޯޑްކާސްޓް ކުރާ ދުވަހުން ފެށިގެން މަދުވެގެން  2 (ދޭއް) މަސްދުވަސް ވަންދެން ބެހެއްޓޭނޭ އިންތިޒާމު ހަމަޖެއްސުމަށް ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަން ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

22 ނޮވެންބަރު 2016