ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-5/2013)

November 26, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-5/2013)

ޝަކުވާ ނަމްބަރު: CAC-5/2013

ޝަކުވާ ހުށެހެޅި ތާރީޙް: 04 ފެބްރުއަރީ 2013

ހުލާސާ:  މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 21/އެސް.ސީ.އޭ 2012 ޤަޟިއްޔާއާ ޙަވާލާދީ ކޯޓުގެ ބައެއް ފަނޑިޔާރުން ރިޝްވަތު ނަންގަވާފައިވާކަމަށް ތުހުމަތުކޮށް ރާއްޖެޓީވީން 2012 ސެޕްޓެމްބަރ 15 އަދި 16 ވަނަ ދުވަހުގެ ޚަބަރުގައި ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:  މައްސަލައާ ގުޅުންހުރި ކޮންޓެންޓް ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއްވެސް ހަމަޔަކާ ޚިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

 

26 ނޮވެމްބަރ 2013