ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-87/2016)

November 16, 2016

ޝަކުވާ ނަމްބަރު: CAC-87/2016

ޝަކުވާ ހުށެހެޅި ތާރީޙް: 16 އޮކްޓޯބަރ 2016

ހުލާސާ:  މިއީ، ހދ. ނޭކުރެންދޫ/އަސުރުމާގޭގައި އެއަރޓެލް މެދުވެރިކޮށް ކޭބަލް ޓީވީގެ ޚިދުމަތް ދެމުން ގެންދަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައި “ލައިސަންސަށް އެދޭ ފަރާތަކީ ރީބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިވާ ފަރާތަކަށްވުން” މިހެން ބަޔާންކޮށްފައިވާކަމާއި، އިޒައިރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހދ. ނޭކުރެންދޫގައި ޗެނަލްތައް ދޫކުރަމުން ދަނީ އެއަރޓެލް މެދުވެރިކޮށްކަމަށްވާނަމަ، އެފަރާތުގެ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގައި އެއަރޓެލް ޗެނަލްތައް ހިމެނުމަކީ އެހެން ފަރާތެއްގެ ޗެނަލްތައް ހުއްދައަކާ ނުލާ ރީބްރޯޑްކާސްޓްކުރުން ކަމަށްވާތީ، އެ ނެޓްވާރކް މެދުވެރިކޮށް މި ޗެނަލްތައް ދައްކަމުންދާނަމަ ޗެނަލްތައް ދެއްކުން ހުއްޓާލުމަށް ނަސޭހަތްތެރިވެ އަންގަމެވެ.

ރިބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިނެތް ޗެނަލްތައް ރީބްރޯޑްކާސްޓްކުރަމުން ދާކަމުގައިވާނަމަ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު ނަންބަރު (2012/R-20)ގެ ޖަދުވަލު 2 ގެ 2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް -/2000 ރ އިން ޖޫރިމަނާކުރެވޭނެ ވާހަކަވެސް އަންގައި،  މި މައްސަލަ މިގޮތަށް ނިންމާފައި.

16 ނޮވެމްބަރު 2016