ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-89/2016)

November 1, 2016

ޝަކުވާ ނަމްބަރު: CAC-89/2016

ޝަކުވާ ހުށެހެޅި ތާރީޙް: 27 އޮކްޓޯބަރ 2016

ހުލާސާ:  މިއީ، ޗެނަލް 13 އިން 12 އޮކްޓޯބަރު 2016ގައި ބްރޯޑްކާސްޓްކުރި އެމް.ޕީ.އެލް ލައިވް ޕްރެސްގައި މެރިޑިއަމް ސަރވިސަސްގެ އަގު ވެއްޓޭގޮތަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ ވާހަކަ ދައްކާފައިވާކަމަށާއި، އެ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަ ތަކެއްކަމާއި، އެ ވާހަކަތައް ދޮގު ކުރާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

 ނިންމި ގޮތް: ޝަކުވާ ފޯމުގެ މައްސަލައިގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ގޮތަށް  ޗެނަލް 13 އިން 12 އޮކްޓޯބަރު 2016ގައި ޝަކުވާގައި ބުނެފައިވަ ތާރީޚާއި ގަޑީގައި އެފަދަ ކޮންޓެންޓެއް ދައްކާފައިނުވާތީ، މި މައްސަލައަކީ އަސްލެއް ނެތް މައްސަލައެއްކަމަށް މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުން ނިންމެވި.

01 ނޮވެމްބަރ 2016