ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-90/2016)

November 16, 2016

ޝަކުވާ ނަމްބަރު: CAC-90/2016

ޝަކުވާ ހުށެހެޅި ތާރީޙް: 27 އޮކްޓޯބަރ 2016

ހުލާސާ:  މިއީ، ސަންގު ޓީވީ އިން 12 އޮކްޓޯބަރު 2016ގެ ހެނދުނު 09:00 އިން 11:00އަށް ބްރޯޑްކާސްޓްކުރި އެމް.ޕީ.އެލް ލައިވް ޕްރެސްގައި މެރިޑިއަމް ސަރވިސަސްގެ އަގު ވެއްޓޭގޮތަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ ވާހަކަ ދައްކާފައިވާކަމަށާއި، އެ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަ ތަކެއްކަމާއި، އެ ވާހަކަތައް ދޮގު ކުރާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

 ނިންމި ގޮތް: ސަންގު ޓީވީއިން 12 އޮކްޓޯބަރު 2016ގެ ހެނދުނު 09:00 އިން 11:00އަށް ބްރޯޑްކާސްޓްކުރި އެމް.ޕީ.އެލް ލައިވް ޕްރެސްގައި ދައްކާފައިވާ ވާހަކަތައް ހިމެނޭ ކޮންޓެންޓް ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

16 ނޮވެންބަރު 2016