ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-95/2016)

January 5, 2017

ޝަކުވާ ނަމްބަރު: CAC-95/2016

ޝަކުވާ ހުށެހެޅި ތާރީޙް: 13 ނޮވެންބަރު 2016

ހުލާސާ:  މިއީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުންގޫދޫގައި ދޭ ކޭބަލް ޓީވީގެ ޚިދުމަތުގައި ރައިޓްސް ލިބިފައިނުވާ ޗެނަލްތައް ބޭނުންކޮށްގެން ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ކަމަށާއި މީޑިއާނެޓުގެ ލައިސަންސް ނެތި ވަކި ލޯގޯއެއް ނާރާގޮތަށް ސިއްރުވެރި ގޮތެއްގައި ޗެނަލްތައް ރިބްރޯޑްކާސްޓްކުރާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ރިބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ވަކި ލޯގޯއެއް އަރުވައިގެން ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން ލާޒިމެއް ނުކުރެއެވެ. އަދި ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ދެމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތުގައި ހުއްދަ ނޫން އެއްވެސް ޗެނަލެއް ރިބްރޯޑްކާސްޓް ނުކުރާކަމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާއިން ކޮމިޝަނަށް ކަށަވަރުކޮށްދީފައިވާތީ، ޝަކުވާ ހުށަހެޅި ފަރާތުން ހުށަހެޅުއްވި މައްސަލަ ހައްލުވެފައިވާ ކަމަށް ކަނޑައަޅައި، މި މައްސަލަ މިގޮތަށް ނިންމާފައި.

05 ޖަނަވަރީ 2017