ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADR-49/2012)

January 8, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADR-49/2012)

ޝަކުވާ ނަމްބަރު: CADR-49/2012

ޝަކުވާ ހުށެހެޅި ތާރީޙް: 27 އޯގަސްޓް 2012

ހުލާސާ: އަޙްމަދު މަޙްލޫފް ގ. ހާފްސީއާ ގުޅޭގޮތުން ވީޑިއޯއެއް ދެއްކުމަށްފަހު ބަދުނާމުވާގޮތަށް ޚަބަރު ހަދައިގެން ގެނެސްދީފައިވުން. އަދި މާބަނޑު އަންހެނަކަށް ހަމަލާދިން ކަމަށާއި އެމީހުންނާއި ދިމާލަށް އެއްޗެހި ކިޔާފައިވާކަމަށް އަދި އަންހެންމީހާގައިގައި ތެޅިކަމަށް ރާއްޖެ ޓީވީން ހަބަރު ކިޔާފައި ވުން

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމަ (މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކައުތެރިކުރުން) ގެ (1) އަދި ފަސްވަނަ ހަމަ (ތެދުމަޢުލޫމާތު ހާމަކުރުމާއި އިންސާފުވެރިވުން) ގެ (1)އާ ޚިލާފަށް ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓަރުންގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކަމެއް ތަކުރާރު ނުކުރުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

08 ޖެނުއަރީ 2013