ކޮމިއުނިޓީ އީ ސެންޓަރ ކެޕޭސިޓީ ބިލްޑިންގ އެމް. އޯ. ޔޫ. ގައި ކޮމިޝަނުން ސޮއިކޮށްފި

June 15, 2015

ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީން ހިންގަވާ ކޮމިއުނިޓީ އީ-ސެންޓަރ ކެޕޭސިޓީ ބިލްޑިންގ (އެމްޕަވަރިންގ ދަރޫރަލް ކޮމިއުނިޓީސް، ރީޗިންގ ދަ އަންރީޗްޑް) ޕްރޮޖެކްޓްގައި ބައިވެރިވުމަށް އެ ސެންޓަރާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް. އޯ. ޔޫ)އެއްގައި މިއަދު ސޮއި ކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވުނު ހަފްލާގައި ކޮމިޝަނުގެ ފަރާތުން އެމް. އޯ. ޔޫ. ގައި ސޮއިކުރެއްވީ ކޮމިޝަންގެ ނާއިބު ރައީސް ޢަބްދުﷲ ޝުޖާޢުއެވެ. އެން. ސީ. އައި. ޓީ.ގެ ފަރާތުން ސޮއިކުރެއްވީ އެ ސެންޓަރު ހިންގަވާ އެންމެ އިސްވެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ މުޙައްމަދު އަޝްމަލީއެވެ.

ސާރކް ޑިވެލޮޕްމަންޓް ފަންޑްގެ އެހީގެ ދަށުން އެން. ސީ. އައި. ޓީ. ން ރާއްޖޭގައި ޤާއިމްކޮށްފައިވާ ކޮމިއުނިޓީ އީ ސެންޓަރ (ސީ. އީ. ސީ)ތަކުގެ ތެރެއިން ސ. ހުޅުމީދޫއާއި ސ. މަރަދޫފޭދޫ އަދި ޏ. ފުވައްމުލަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކުގައި ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅޭ ތަމްރީން ޕްރޮގްރާމް ހިންގުމުގެ ފުރުސަތު މި އެމް. އޯ. ޔޫ. ގެ ދަށުން ކޮމިޝަނަށް ވަނީ ލިބިފައެވެ.