ބްރޯޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ކޮމިޝަނުން އިލްތިމާސްކުރުން

January 25, 2021

ސަރކިއުލަރ

427-BUR/CIR/2021/1: ނަންބަރ

 

ބްރޯޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް ކޮމިޝަނުން އިލްތިމާސްކުރުން

ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހައްޤަކަށް ވީހިނދު، އަދި ޑިމޮކްރަސީއެއްގެ ވެސް އެންމެ މުހިންމު އެއް އަސާސްއެވެ.

އެހެންކަމުން، ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނޫސް ކޮންފަރެންސްތަކާއި އެކިއެކި ހަރަކާތްތައް ކަވަރުކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ، އެކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

އާންމު ރައްޔިތުންނަށް ސައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކާއި އަދި ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ދެއްވާ އެއްބާރުލެއްވުންވެސް މި ފުރުސަތުގައި މި ކޮމިޝަނުން ފާހަގަކުރަމެވެ.

25 ޖަނަވަރީ 2021